ކްރިމިނަލް ކޯޓުގެ ޖާގަ ތަނަވަސްކޮށްދިނުމަށް ނިންމައިފި

IMG 5471

ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި އެ ކޯޓުގެ ހިންގުން ހަވީރީ ހިނގުމުގައި ހުންނަ ކުރީގެ އެސް.ޓީ.އޯ ހިންގަމުންދިޔަ އިމާރާތަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

ކްރިމިނަލް ކޯޓަކީ 7 ފަނޑިޔާރުންނާއި 93 މުވައްޒަފުން މަސައްކަތް ކުރައްވާ ކޯޓެކެވެ. އަދި އެވަރެޖްކޮށް މަހެއްގެ މައްޗަށް 70 އަށް ވުރެ ގިނަ މައްސަލަ މި ކޯޓަށް ހުށަހެޅެއެވެ. ކްރިމިނަލް ކޯޓަކީ ޖިނާއީ މައްސަލަތައް ބަލަމުންދާ ކޯޓަށް ވެފައި، އަދި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސްތައް ކޮންމެ ދުވަހަކުވެސް ގިނަ އަދަދަކަށް މިކޯޓުގައި ބޭއްވިގެން ދާއިރު، މިކޯޓަކީ ޝަރުޢީ އެހެން ކޯޓުތަކާ ޚިލާފަށް ގިނަ އަދަދެއްގެ ކުށްވެރިންނާއި، ފުލުހުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް ގެ އޮފިޝަލުން ޙާޟިރުވާ، އަދި ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 18 ގަޑިއިރު މަސައްކަތްކުރާ ކޯޓެކެވެ.

ޖަސްޓިސް ބިލްޑިންގގައި ކްރިމިނަލް ކޯޓަށް ލިބިފައިވާ ޖާގައިގައި މިހާރު ހުރީ ޝަރީޢަތް ކުރާ 6 މާލަން
ކްރިމިނަލް ކޯޓު މިހާރު ހިންގަމުންދަނީ ޖަސްޓިސް ބިލްޑިންގގެ ގްރައުންޑް ފްލޯރ އާއި ދެވަނަ ފަންގިފިލާގައެވެ. ޖަސްޓިސް ބިލްޑިންގގައި އެ ކޯޓަށް ލިބިފައިވާ ޖާގައިގައި މިހާރު ހުރީ ޝަރީޢަތް ކުރާ 6 މާލަމެވެ. ޝަރީޢަތް ކުރާ މާލަންތަކާއި، ފަނޑިޔާރުންގެ ކޮޓަރިކޮޅުތަކާއި، ކްރިމިނަލް ކޯޓުގެ މުވައްޒަފުން މަސައްކަތް ކުރާ އޭރިއާއާއި، އަދި އިދާރީ ސެކްޝަންތައް ޖަސްޓިސް ބިލްޑިންގގައި ހިންގަމުން އައިސްފައިވަނީ ގާތްގަނޑަކަށް 9000 އަކަފޫޓުގެ އޭރިއާއެއްގައެވެ. ޖަސްޓިސް ބިލްޑިންގ ގައި ކްރިމިނަލް ކޯޓު ހިންގުމަށް ލިބިފައިވާ ޖާގަ އަކީ އެ ކޯޓުގެ މަސައްކަތްތައް ސަލާމަތާއި ރައްކާތެރިކަމާއެކު ކުރިޔަށް ގެންދިއުމަށް އެންމެ އެކަށީގެންވާ ޖާގައެއް ނޫނެވެ.

ކުރީގެ އެސް.ޓީ.އޯ ހިންގަމުންދިޔަ އިމާރާތަށް ކްރިމިނަލް ކޯޓު ބަދަލުކުރުމުން ޝަރީޢަތް ކުރާ 12 މާލަން ލިބިގެންދާނެ
ކުރީގެ އެސް.ޓީ.އޯ ހިންގަމުންދިޔަ އިމާރާތަށް ކްރިމިނަލް ކޯޓުގެ ހިންގުން ބަދަލުކުރުމުން، ޝަރީޢަތް ކުރާ 6 މާލަން ހިމެނޭ 3 ފަންގިފިލާގެ އިމާރާތަކާއި، ޝަރީޢަތްކުރާ އިތުރު 6 މާލަމާއެކު އެ ބިމުގެ އުތުރުގައި ހުންނަ އިމާރާތާއެކު، ޝަރީޢަތްކުރާ ޖުމްލަ 12 މާލަން ހިމެނޭގޮތަށް ކްރިމިނަލް ކޯޓަށް ގާތްގަނޑަކަށް 18000 އަކަފޫޓުގެ ޖާގަ ލިބިގެންދާނެއެވެ.

ކުރީގެ އެސް.ޓީ.އޯ ހިންގަމުންދިޔަ އިމާރާތަށް ކްރިމިނަލް ކޯޓު ބަދަލުކުރާއިރު ސަލާމަތީ ވަޞީލަތްތައް ޤާއިމުކުރެވޭނެ
ޖަސްޓިސް ބިލްޑިންގ ގައި ކްރިމިނަލް ކޯޓު ހިންގުމަށް ލިބިފައިވާ ޖާގަ އަކީ އެ ކޯޓުގެ މަސައްކަތްތައް ސަލާމަތާއި ރައްކާތެރިކަމާއެކު ކުރިޔަށް ގެންދިއުމަށް އެންމެ އެކަށީގެންވާ ޖާގައެއް ނޫނެވެ. ވުމާއެކު، ކުރީގެ އެސް.ޓީ.އޯ ހިންގަމުންދިޔަ އިމާރާތަށް ކްރިމިނަލް ކޯޓުގެ ހިންގުން ބަދަލުކުރެވިގެންދާއިރު، އެއިމާރާތުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށްޓަކައި އެކަށީގެންވާ ވަޞީލަތްތައް ޤާއިމުކުރެވޭނެއެވެ. އެގޮތުން ވަރކްތްރޫ ސެކިއުރިޓީ ގޭޓް ބަހައްޓައި، މެޓަލްޑިޓެކްޓަރ ބޭނުންކޮށްގެން ސަލާމަތީ ކަންކަން ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

ކުރީގެ އެސް.ޓީ.އޯ ހިންގަމުންދިޔަ އިމާރާތް، ކްރިމިނަލް ކޯޓަށް އެކަށީގެންވާ ގޮތަށް ފަރުމާކުރުމަށްޓަކައި ޑިޕާޓްމަންޓުން 5.5 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ހޭދައެއް ކުރި
ކުރީގެ އެސް.ޓީ.އޯ ހިންގަމުންދިޔަ އިމާރާތް، މަދަނީ ވެއްސަށް ކްރިމިނަލް ކޯޓު ބަދަލުކުރުމަށްޓަކައި އެ އިމާރާތް ފަރުމާކޮށްފައިވަނީ ކްރިމިނަލް ކޯޓަށް އެންމެ އެކަށީގެންވާގޮތަށް 2013 އަހަރުގައެވެ. މިކަމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން 5.5 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ހޭދައެއް ވަނީ ކޮށްފައެވެ.

މި ބަދަލާއެކު ސިވިލް ކޯޓުގެ ޖާގަ ތަނަވަސްވެ، އެއް އިމާރާތެއްގައި އެ ކޯޓުގެ މަސައްކަތްތައް އިންތިޒާމްކުރެވިގެންދާނެ
ކުރީގެ އެސް.ޓީ.އޯ ހިންގަމުންދިޔަ އިމާރާތަށް ކްރިމިނަލް ކޯޓު ބަދަލުކުރާއިރު، ސިވިލް ކޯޓުގެ ބައެއް ސެކްޝަންތައް އެ އިމާރާތުގައި މިހާރުވެސް ދަނީ ހިންގަމުންނެވެ. އެގޮތުން ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނާއި، ހުކުމް ތަންފީޛުކުރުމުގެ ބަޔާއި، ސިވިލް ކޯޓުގެ ރަށުކޯޓުތަކާބެހޭ ސެކްޝަނާއި، އެގްރީމެންޓް ރަޖިސްޓްރީ ކުރުމާބެހޭ ސެކްޝަނާއި، ފައިސާއާބެހޭ ސެކްޝަން އަދި ރެކޯރޑް ސެކްޝަން ހިންގަމުން ދަނީ މި އިމާރާތުގައެވެ.

ކްރިމިނަލް ކޯޓުގެ ހިންގުން މި އިމާރާތަށް ބަދަލުކުރެވިގެން ދިއުމުން މި އިމާރާތުގައި މިހާރު ހިންގަމުންދާ ސިވިލް ކޯޓުގެ ސެކްޝަންތައް ޖަސްޓިސް ބިލްޑިންގ އަށް ބަދަލުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ބަދަލާއެކު، ޖަސްޓިސް ބިލްޑިންގގެ ގްރައުންޑް ފްލޯރ އާއި ދެވަނަ ފަންގިފިލާގައި ކްރިމިނަލް ކޯޓުން ބޭނުންކުރަމުންދިޔަ ޝަރީޢަތްކުރާ 6 މާލަމާއި، ޖަސްޓިސް ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި މިހާރުވެސް ސިވިލް ކޯޓުން ބޭނުންކުރަމުންދާ ޝަރީޢަތްކުރާ 7 މާލަމާއެކު، ޝަރީޢަތްކުރާ ޖުމްލަ 13 މާލަން ސިވިލް ކޯޓަށް ލިބިގެންދާނެއެވެ. އަދި މިބަދަލުގެ ސަބަބުން ސިވިލް ކޯޓުގެ ޖާގަ ތަނަވަސްވެ، އެއް އިމާރާތެއްގައި އެ ކޯޓުގެ މަސައްކަތްތައް އިންތިޒާމްކުރެވިގެންދާނެއެވެ.

mersin escort - escort bursa';
antalya bayan escort
kadikoy escort
bodrum escort
konya escort
astropay bozdurma
izmir escort gaziantep escort
denizli bayan escort hd sex videos
free sex video
ankara escort
sex watch
porn
kartal escort
izmir escort
izmit escort
freehdporn.mobi
porno
numara onay
bitcoin cloud mining