ސިވިލް ކޯޓުގެ "ތުޅުދަނޑި" 2016ގެ ފުރަތަމަ ފިޔަވަހީގެ ލަނޑުދަނޑިތައް ޙާޞިލުކޮށްފި

civilcourtthulhudhandi2016

ސިވިލް ކޯޓަށް އެނަމެއް ނިސްބަތްވާ މަދަނީ ކޯޓު އުފެދުނު ހިސާބުން ފެށިގެން މިހާތަނަށް ޙާޞިލުވެފައި ނުވާވަރުގެ ބޮޑު ކާމިޔާބީއެއް 2016 ވަނަ އަހަރުގެ ފުރަތަމަ ފިޔަވަހީގައި އެކޯޓުން ޙާޞިލުކޮށްފިއެވެ.

2016 ވަނަ އަހަރުގެ ފުރަތަމަ ފިޔަވަހީގެ ނިޔަލަށް ކޯޓަށް ހުށަހެޅި 03 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމުމަށްޓަކައި ކުރެވުނު މަސައްކަތުން، ހުށަހެޅުނުތާ 03 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކުގެ ތެރެއިން 02 މައްސަލައެއް ފިޔަވައި ހުރިހާ މައްސަލައެއް ކޯޓުން މިހާރު ވަނީ ނިންމާފައެވެ. މިއީ، ސިވިލް ކޯޓުގެ އޮނިގަނޑަށް ގެނެވުނު ބަދަލާއެކު ކޯޓުގައި ޤާއިމުކުރެވިގެންދިޔަ 05 ޑިވިޜަނުގައި ކޯޓުގެ މުރާލި ޤާޟީންނާއި ޚިދުމަތްތެރި މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާކަން ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

2015 ވަނަ އަހަރުގެ ފެބްރުއަރީ 15 ވަނަ ދުވަހު ސިވިލް ކޯޓުގައި 05 ޑިވިޜަން ޤާއިމުކުރެވިގެން ދިޔައިރު ކޯޓުގައި ނުނިމިހުރީ ޖުމްލަ 1136 މައްސަލައެވެ.

2015 ވަނަ އަހަރުގެ ފެބްރުވަރީ 15 އިން ފެށިގެން އެ އަހަރުގެ މާރިޗު 31 ގެ ނިޔަލަށް ކޯޓަށް ހުށަހެޅިފައިވަނީ ޖުމްލަ 2589 މައްސަލަ އެވެ. އަދި ނިންމުނު މައްސަލައިގެ ޢަދަދަކީ 2681 އެވެ. ކޯޓުގައި ނުނިމި މިހާރު ހުރި މައްސަލައިގެ ޢަދަދަކީ 1044 އެވެ.

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި އެ ކޯޓުން ކަނޑައަޅާފައިވާ ޢަޒުމް 2016 ގެ ލަނޑުދަނޑީގެ ފުރަތަމަ ފިޔަވަހި މިހާރު ނިމިފައިވާއިރު، ދެވަނަ ފިޔަވަހީގެ 03 މަސްދުވަހުގެ ތެރޭގައި ކޯޓުގައި ހުރި 01 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމުމަކީ ކޯޓުގެ އަމާޒެވެ. އަދި 03 ވަނަ ފިޔަވަހީގެ 03 މަސްދުވަސް ނިމޭއިރު، ހުށަހެޅުނުތާ 08 މަސްދުވަހަށްވުރެ ގިނަ ދުވަސްވީ މައްސަލައެއް ކޯޓުގައި ނުބޭއްވުމާއި، 04 ވަނަ ފިޔަވަހީގެ 03 މަސްދުވަސް ނިމޭއިރު ކޯޓުގެ އެއްވެސް ޤާޟީއެއްގެ ޙަވާލުގައި ޖުމްލަ 40 މައްސަލައަށްވުރެ އިތުރަށް މައްސަލަތައް ނުހުންނާނެ ފަދަ ގޮތަކަށް މިއަހަރުގެ ތެރޭގައި ކޯޓުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެކޯޓުންވަނީ އަޒުމު ކަނޑައަޅާފައެވެ.

ސިވިލް ކޯޓުގެ "ތުޅުދަނޑި" 2016 ގެ ފުރަތަމަ ފިޔަވަހީގެ ލަނޑުދަނޑި ވިދާޅުވުމަށް