ކްރިމިނަލް ކޯޓާއި ސިވިލްކޯޓަށް އަލަށް ޢައްޔަންކުރެއްވި ފަނޑިޔާރުން މަޤާމުގެ ހުވާކުރައްވައިފި

judgesoath

ކްރިމިނަލް ކޯޓާއި ސިވިލްކޯޓަށް ޢައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމަވާފައިވާ 4 ފަނޑިޔާރުން މަޤާމުގެ ހުވާ ކުރައްވައި، އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވައިފިއެވެ.

ކްރިމިނަލް ކޯޓަށް ޢައްޔަންކުރައްވާފައިވަނީ ދަފްތަރު ނަންބަރު: 3087، އަލްއުސްތާޛު ޢަލީ އާދަމް އާއި ހއ.ކެލާ ދެރަހަ، އަލްއުސްތާޛު އާދަމް އާރިފެވެ.

ސިވިލް ކޯޓަށް ޢައްޔަންކުރައްވާފައިވަނީ ދަފްތަރު ނަންބަރު: 2560 އަލްއުސްތާޛު އާދަމް އިބްރާހީމް އިސްމާޢީލް އާއި ސ.ފޭދޫ ބެލޫން އަލްއުސްތާޛާ މަރްޔަމް ވަޙީދެވެ.

IMG 6222