ސިވިލް ކޯޓުގައި ޤާއިމުކޮށްފައިވާ 5 ޑިވިޜަނަށް ޤާޟީން ހަމަޖައްސަވައިފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/02/SC (08 ޖަނަވަރީ 2015) އާއި 2015/04/SC (14 ޖަނަވަރީ 2015) ސަރކިއުލަރގެ ދަށުން ސިވިލް ކޯޓުގައި ޤާއިމުކޮށްފައިވާ 5 ޑިވިޜަނަށް ޤާޟީން ހަމަޖައްސަވައިފިއެވެ. ސިވިލް ކޯޓުގައި ޤާއިމުކޮށްފައިވާ 5 ޑިވިޜަނަށް ޤާޟީން ހަމަޖައްސަވާފައިވަނީ 21 ފެބުރުވަރީ 2015 ވަނަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 10 ވަނަ ބައްދަލުވުމުގައެވެ.

މިގޮތުން ސިވިލް ކޯޓުގައި ޤާއިމުކޮށްފައިވާ ޑިސްޕިއުޓް ރިޒިލިއުޝަން ޑިވިޜަށް (ޝަރީޢަތާއި ނުލާ މައްސަލަތަކަށް ސުލްހަވެރި ޙައްލު ހޯދަދިނުމާއި ބެހޭ ބައި) އަށް ހަމަޖައްސަވާފައިވަނީ ޤާޟީ އަލްއުސްތާޛާ މަރްޔަމް ނިހާޔަތާއި ޤާޟީ އަލްއުސްތާޛު ފަރުހާދު ރަޝީދާއި ޤާޟީ އަލްއުސްތާޛު ޢަބްދުﷲ ޖަމީލު މޫސާއެވެ.
މުދަލާއި ފައިސާއާއި ބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޜަނަށް ހަމަޖައްސަވާފައިވަނީ ޤާޟީ އަލްއުސްތާޛު ޢަލީ ނަޞީރާއި ޤާޟީ އަލްއުސްތާޛު ހާތިފް ޙިލްމީއެވެ.
މުދަލާއި ފައިސާއާއި ބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޜަނަށް ހަމަޖައްސަވާފައިވަނީ ޤާޟީ އަލްއުސްތާޛު ޙުސައިން މަޒީދާއި ޤާޟީ އަލްއުސްތާޛު ޢަބްދުއްނާޞިރު ޝަފީޤާއި ޤާޟީ އަލްއުސްތާޛު މުޙައްމަދު ޙަލީމެވެ.
އިދާރީ މައްސަލަތައް ބަލާ ޑިވިޜަނަށް ހަމަޖައްސަވާފައިވަނީ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ އަލީއާއި ޤާޟީ އަލްއުސްތާޛު ޢަލީ ޢަބްދުﷲއެވެ.
ޙުކުމް ތަންފީޛު ކުރުމާއި ބެހޭ ޑިވިޜަނަށް ހަމަޖައްސަވާފައިވަނީ ޤާޟީ އަލްއުސްތާޛު ޙަސަން ފަހީމް އިބްރާހީމާއި ޤާޟީ އަލްއުސްތާޛު ޒުބައިރު މުޙައްމަދެވެ.