ސިވިލް ކޯޓުގެ "ތުޅުދަނޑި" 2016ގެ ދެވަނަ ފިޔަވަހީގެ ލަނޑުދަނޑިތައް ޙާޞިލުކޮށްފި

2016 ވަނަ އަހަރުގެ ދެވަނަ ފިޔަވަހީގައި ނިންމުމަށް ކަނޑައެޅިފައިވާ 01 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކުގެ ތެރެއިން ތިން މައްސަލައެއް ފިޔަވައި، އަހަރަކަށްވުރެ ގިނަދުވަސްވެފައިވާ ހުރިހާ މައްސަލައެއް ނިންމައި، 2016 ވަނަ އަހަރުގެ ދެވަނަ ފިޔަވަހީގައި ޙާޞިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ސިވިލް ކޯޓުން ޙާޞިލްކޮށްފިއެވެ.

މިއީ ސިވިލް ކޯޓަށް، އެނަމެއް ނިސްބަތްވާ މަދަނީ ކޯޓު އުފެދުނު ހިސާބުން ފެށިގެން މިހާތަނަށް ޙާޞިލުވެފައި ނުވާވަރުގެ ބޮޑު ކާމިޔާބީއެކެވެ.

މި ކާމިޔާބީއަށް ވާޞިލުވެފައި މިވަނީ ސިވިލް ކޯޓުގެ އޮނިގަނޑަށް ބަދަލު ގެނެސް، އެކޯޓުގެ 05 ޑިވިޜަނެއް ޤާއިމުވެގެން ދިޔަ ދިޔުމުގައި، ކޯޓުގެ މުރާލި ޤާޟީންނާއި ޚިދުމަތްތެރި މުވައްޒަފުން ކޯޓުގެ މައްސަލަތައް ނިންމުމަށް ކުރި ގަދަ މަސައްކަތާއި ހިތްވަރުގެ ނަތީޖާގެ ސަބަބުން ކަން ސިވިލް ކޯޓުން ފާހަގަކުރެއެވެ.

2016 ވަނަ އަހަރުގެ ލަނދުދަނޑީގެ 04 ވަނަ ފިޔަވަހި ނިމޭއިރު، އެއްވެސް ޤާޟީއެއްގެ އަތުގައި 40 މައްސަލައަށްވުރެ ގިނައިން މައްސަލަ ނުހުންނާނެގޮތަށް މަސައްކަތްތައް ރާވާލައިގެން ކުރިއަށް ގެންދިއުމަށް ޢަޒުމް ކަނޑައަޅާފައިވާކަން އެކޯޓުންވަނީ ހާމަކޮށްފައެވެ.


ސިވިލް ކޯޓުގެ "ތުޅުދަނޑި" 2016 ގެ ދެވަނަ ފިޔަވަހީގެ ލަނޑުދަނޑި ވިދާޅުވުމަށް