މިއަހަރުގެ ތިންވަނަ ފިޔަވަހީގެ ލަނޑުދަނޑިއަށް ސިވިލް ކޯޓުން ވާޞިލުވެއްޖެ

civ

މިއަހަރުގެ ތިންވަނަ ފިޔަވަހީގައި ނިންމުމަށް ކަނޑައެޅިފައިވާ 08 މަހަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކުގެ ތެރެއިން ތިން މައްސަލައެއް ފިޔަވައި 08 މަހަށްވުރެ ގިނަދުވަސްވެފައިވާ ހުރިހާ މައްސަލައެއް ނިންމައި، 2016 ވަނަ އަހަރުގެ ތިންވަނަ ފިޔަވަހީގެ ލަނޑުދަނޑިއަށް ސިވިލް ކޯޓުން ވާޞިލުވެއްޖެއެވެ.

މިއަހަރުގެ ތިން ވަނަ ފިޔަވަހީގެ ސިވިލް ކޯޓުގެ ޕަރފޯމަންސްއަށް ބަލާއިރު:
– 2015 ވަނަ އަހަރު ނުނިމި ބާކީ އޮތީ 1243 މައްސަލަ
– 30 ސެޕްޓެމްބަރު 2016 ގެ ނިޔަލަށް ކޯޓުގައި އޮތީ 08 މަސްދުވަސްވެފައިވާ އެންމެ 3 މައްސަލަ
– 30 ސެޕްޓެމްބަރު 2016 ގެ ނިޔަލަށް މިއަހަރު ސިވިލް ކޯޓަށް ހުށަހެޅިފައިވަނީ 2086 މައްސަލަ
– 30 ސެޕްޓެމްބަރު 2016 ގެ ނިޔަލަށް ނިންމާފައިވަނީ 2478 މައްސަލަ
– 30 ސެޕްޓެމްބަރު 2016 ގެ ނިޔަލަށް ނުނިމި ބާކީ އޮތީ 851 މައްސަލަ

މިއީ ސިވިލް ކޯޓަށް މިހާތަނަށް ޙާޞިލުވެފައި ނުވާވަރުގެ ބޮޑު ކާމިޔާބީއެކެވެ. ދިވެހިރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމް ހަރުދަނާކުރެއްވުމަށްޓަކައި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން، ސިވިލް ކޯޓުގެ ހިންގުން ތަރުތީބުކޮށް އެކޯޓުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ފާއިތުވި 2015 ވަނަ އަހަރު ފިޔަވަޅުތަކެއް އެޅުއްވިއެވެ. މި ކާމިޔާބީ ފާހަގަވެގެންދަނީ މިފިޔަވަޅުތަކުގެ ހެޔޮ ނަތީޖާގެ ގޮތުގައެވެ.

މި ނަތީޖާއަށް ވާޞިލުވުމަށްޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ސިވިލް ކޯޓުގެ އޮނިގަނޑަށް ބަދަލު ގެންނަވައި، އެކޯޓުގައި 05 ޑިވިޜަނެއް ޤާއިމުވެގެން ދިޔަ ދިޔުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފަރާތްޕުޅުން ސިވިލް ކޯޓާމެދު ބެހެއްޓެވި ގާތްކަމާއި އެހީތެރިކަމުގެ ތެރެއިން ކޯޓުގެ މުރާލި ޤާޟީންނާއި، ޚިދުމަތްތެރި މުވައްޒަފުން ކޯޓުގެ މައްސަލަތައް ނިންމުމަށް ކުރި ގަދަ މަސައްކަތާއި ހިތްވަރު ސިވިލް ކޯޓުން ފާހަގަކުރައްވައެވެ

ޑިސްޕިއުޓް ރިޒޮލިއުޝަނަށް ހުށަހެޅުނު މައްސަލަތަކުގެ %47.74 މައްސަލަ ޙައްލުވި

ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަނަށް ހުށަހެޅުނު މައްސަލަތަކުގެ %47.74 މައްސަލަ ވަނީ ޙައްލު ވެފައެވެ. އެޑިވިޜަނަށް 30 ސެޕްޓެމްބަރު 2016 ގެ ނިޔަލަށް ހުށަހެޅިފައިވަނީ 1259 މައްސަލައެވެ.

04 ވަނަ ފިޔަވަހީގައި 03 މަސްދުވަހުގެ ތެރޭގައި އެއްވެސް ޤާޟިއެއްގެ އަތުގައި 40 މައްސަލައަށް ވުރެ ގިނައިން މައްސަލަ ނުހުންނާނެގޮތަށް މިއަހަރު ތެރޭގައި މަސައްކަތް ކުރުމަށް ސިވިލް ކޯޓުން ވަނީ އަޒުމަކަށް ހަދާފައެވެ.

beylikdz escort istanbul escort beylikduzu escort ataky escort
sakarya escort
evden eve nakliyat
izmir escort
konya escort
bodrum escort bayan
antalya bayan escort
sex watch
istanbul escort istanbul escort sirinevler escort istanbul escort beylikduzu escort
escort sakarya escort sanliurfa
paykasa bozdurma
bodrum escort
sex hikayeleri Sex Hikayeleri